ވިޔަފާރި

ޓްރިޕް އެޑްވައިޒަރގެ ސެޓްފިކެޓް އޮފް އެކްސެލަންސް، ކްރައުން އެންޑް ޗަންޕާގެ 6 ރިސޯޓަކަށް


ޓްރިޕް އެޑްވައިޒަރގެ ސެޓްފިކެޓް އޮފް އެކްސެލަންސް އެވޯޑް، ކްރައުން އެންޑް ޗަންޕާގެ 6 ރިސޯޓަކަށް ލިބިއްޖެއެވެ.

ޓްރިޕް އެޑްވައިޒަރގެ އެކްސެލެންސް އޮފް ސެޓްފިކެޓް މިއަހަރު ލިބިފައިވަނީ، ހުރަވަޅި މޯލްޑިވްސް، ކޮމަންޑޫ ރިސޯޓް މޯލްޑިވްސް، ކުރެއްދޫ ރިސޯޓު މޯލްޑިވްސް، މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ، ވެލިގަނޑު ރިސޯޓު އައިލެންޑް އެންޑް ސްޕާ އަދި ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ހިމެނެއެވެ.

މިއީ މިދިޔަ އަހަރު މިރިސޯޓުތަކުން ޚިދުމަތް ހޯދި ފަރާތްތަކުގެ ޚިޔާލުގެ މައްޗަށް ބިނާކޮށް ދޭ ސެޓްފިކެޓެކެވެ. ސެޓްފިކެޓް އޮފް އެކްސެލަންސްގެ އިތުރުން ކުރައުން އެންޑް ޗަންޕާ ރިސޯޓްސްއިން ހިންގާ ރިސޯޓަކަށްވަނީ ޓްރިޕް އެޑްވައިޒަރގެ \ހޯލް އޮފް ފޭމްއިންވެސް ޖާގަ ހޯދާފައެވެ.

ޓްރިޕް އެޑްވައިޒަރއިން ސެޓްޕިކެޓް އޮފް އެކްސެލެންސް ދެނީ އެއް އަހަރު ވަންދެން ޓްރިޕް އެޑްވައިޒަރއަށް ހުށަހަޅާ ޚިޔާލުތަކުގެ މައްޗަށް ބަލައި އެތަނަކުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ވަޒަންކުރުމަށްފަހުއެވެ. އަދި ހޯލް އޮފް ފޭމްއިން ޖާގަ ލިބެނީ ސެޓްފިކެޓް އޮފް އެކްސެލަންސް ޖެހިޖެހިގެން 5 އަހަރު ހޯދުމުންނެވެ.