ޚަބަރު

ބޭރުގެ އެހީން ހާމަވަނީ ރާއްޖޭއާ ބޭރު ދުނިޔެއާ އޮތް ގުޅުން - ނާއިބު ރައިސް


ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެދޮރުވެރިކަމުގެ މައްސަލަކަމަށާ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވިދާލުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޕާޓްނާރޝިޕް ފޯރަމްގައި ވަހަކަފުޅުދައްކަވަމުންނެވެ. ނާއިބުރައިސް ވިދާޅުވީ 5 ލައްކަ މީހުންގެ އާބާދީއަކުން ގެދޮރުވެރިކަން ހޯދުމަށް އުފުލަމުންދާ ބޮޑު ބުރައާއި އޭގެ ދަތިކަން ހުއްޓުމަކަށް ގެންނަންޖެހޭކަމަށެވެ. އެގޮތުން ދިވެހިން ގެދޮރުވެރިކަމަށްޓަކައި އުފުލަމުންދާ ބުރައަކީ އެކަމަށްޓަކައި އުފުލަންޖެހޭ ވަރަށް ވުރެ ބޮޑު ބުރައެއްކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުގެ އަމާޒަކީ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދައިދިނުންކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

ނައިބުރައީސްވަނީ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަދި ފާގަތި ވެރިކަމެއްކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްޙީދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަމުންދާ ތައްޔާރީތަކާއި ތަޢުލީމީ ގޮތުން އިތުރު ހަރުފަތަކަށް ރާއްޖެ ގެންދިޔުމަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ އުސޫލާއި ބޭރު ޤައުމުތަކުން ހިލޭ ކިޔެވޭނެ ގޮތްހަމަޖައްސާފައިވާކަން ނައިބުރައީސްވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އަންހެނުން އިތުރަށް ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް ނައިބުރައިސްވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަންހެނުންނަށް ކުރިއެރުން ލިބުން ރާއްޖޭގައި އޮންނަންޖެހޭ މިންވަރަށް އަދި ނެތްކަން ނާއިބުރައިސްވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ރައީސްް ވިދާޅުވީ ބޭރުގެ ފަރާތްތަކުން އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވަމުންދާ ދިޔުމުން ދޭހަވަނީ ދިވެހިންނަށް ހެޔޮ އެދޭ ގިނަބަޔަކު ތިބިކަންކަމަށެވެ. އަދި އެޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުންކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.