ވިޔަފާރި

ފްލައިމީން ސީ-ޕްލޭންގެ ޚިދުމަތް ފަށަނީ


ވިލާ އެއަރގެ ފްލައިމީން ސީ-ޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ދެމުންދާ ފްލައިމީން މަޢުލޫމާތުދޭ ގޮތުގައި ރިސޯޓްތަކަށް ސީ-ޕްލޭންގެ ޚިދުމަތް ފެށުމަށްޓަކައި އެކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް ނިމުމުން ފްލައިމީގެ ސީ-ޕްލޭން އޮޕަރޭޝަންތައް ފަށާނެކަމަށް ފްލައިމީން ބުނެއެވެ.

ފްލައިމީން ސީ-ޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު ރާއްޖޭގައި މިހާރު ސީ-ޕްލޭންގެ ޚިދުމަތްދެނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި ޓީ.އެމް.އޭއިންނެވެ. މީގެ އިތުރުން އެންމެފަހުން ރާއްޖޭގައި އެތެރޭގެ އުދުހުމުގެ ޚިދުމަތް ފެށި މަންޓާ އެއަރއިންވެސް ދަނީ ސީ-ޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.