ސިއްހަތު

ދަރިވަރުން ތެލެސީމިއާއަށް ހޭލުންތެރިކުރުވުމަކީ ސަރުކާރުގެ އަމާޒެ


ސަރުކާރުގެ އަމާޒަކީ ސްކޫލްތަކުގެ ދަރިވަރުން ތެލަސީމިއާއަށް
ހޭލުންތެރިކުރުވައި، ކުރިޔަށް އޮތްތަނުގައި ރާއްޖެއިން ތެލަސީމިއާ ކޮންޓްރޯލް
ކުރުންކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.



މިނިސްޓަރ ޒުހޫރު ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮގެން މިހާރު
ކުރިޔަށްގެންދާ ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިންވެސް ތެލަސީމިއާ ޓެސްޓް ކުރެވި
ހާލަތު ދެނެގަނެވޭނެކަމަށެވެ.



ބައިނަލް އަގްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ އާޓް
ގެލަރީގައި ބެއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތް
މިނިސްޓަރ އަހްމަދު ޒުހޫރު ވިދާޅުވީ، ސިއްޙީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް
ސަރކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ތެލަސީމިއާ ބަލި
ކޮންޓްރޯލްކޮސް އެބަލިޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް
މަސައްކަތްކުރަމުންދާކަމަށެވެ.



ތެލަސީމިއާ ބަލީގައި ލޭއަޅާ ކުދިން ރާއްޖޭގައި ނިސްބަތުން ގިނަކަން
ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ، އަމާޒަކީ ޅައުމުރުގެ ކުދިންގެ
ތެލަސީމިއާގެ ހާލަތު ދެނެގަނެ ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތަކަށް ތައްޔާރުވާއިރު
ތެލަސީމިއާގެ ފުރިހަމަ މައުލޫމާތު ލިބޭނެހެން ތެލަސީމިއާ ބަލި މަދުކުރެވޭނެހެން ފަރުދުން
ހޭލުތެރިކުރުވުންކަމަށެވެ.



މިނިސްޓަރ ވިދާޅުވީ، ތެލަސީމިއާ ކުއްޖަކަށްވީތީ ހިއްތަވަރު ދެރަނުކުރުމަށާއި،
ސަރުކާރުން އެފަދަކުދިންނާމެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާކަމަށެވެ.



މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތެލަސީ ސޮސައިޓީގެ ޗެއަރޕާސަން
ޖީހާން ސަލީމް ވިދާޅުވީ، ރާއްޖޭގެ އަށާރަ އިންސައްތަ މީހުން ނަކީ ބީޓަރ
ތެލަސީމިއަރ ކެރިއަރުން ކަމަށާއި، އަދިކޮންމެ ހަމީހަކުން އެކަކީ ތެލަސީމިއަރ ވާރުތަކުރާގޮތް
ހުންނަ މީހެއްކަމަށެވެ.  ޖީހާން ވިދާޅުވީ
ތެލަސީމިއާ ކުދިންވެސް މުޖުތަމައުގައި އެހެން ކުދިން ފަދައިން އިޖްތިމާއީ
ކަންކަމުގައި ހަރަކާތްތެރިވެ އުޅެން ބޭނުންވާކަމަށާއި، އެފުރުސަތު އެކިގޮތްގޮތުނ
ފޯރުކޮށްދެއްވުމަށް އެސޮސައިޓީން މަސައްކަތް ކުރައްވަމުންދާކަމަށެވެ.



ހުކުރު ދުވަހުގެ ރޭ ގެ ރަސްމިއްޔާތުގައި، ބައެއް ކުދިން އެކުދިންގެ
އިހުސާސްތަކާއި ދިރިއުޅުމުގައި ކުރަމުންދާ ތަޖުރިބާތަށް ހިއްސާކޮށްފައިވެއެވެ. އަދި
ތެލެސީމިއާ ސޮސައިޓީގައި މީގެ ކުރިން ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ
ކުދިންނާއި، އޭގެ ތެރެއިން މިހާރު ދުނިޔެދޫކޮށްފައިވާ ދެ ފަރާތެއްގެ ހަނދާނުގައި
އާއިލާއަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.



ސަން ޓްރެވަލްސްގެ ފަރާތުން ތެލެސީމިއާ ސޮސައިޓީއަށް ފަންސާހާސް ރުފިޔާ ރޭ
ހަދިޔާކޮއްފައިވެއެވެ. އަދި އެކި ގޮތްގޮތުން ތެލަސީމިއާ ސޮސައިޓީއަށް
އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީފިލާވެސް އެރުވިއެވެ. ތެލަސީމިއާ ކުދިންގެ
ތެރެއިން 34 ކުއްޖަކަށް ބޯންމެރޯ ހެދުމަށް ބޭނުންވާ ހުރިހާ ޚަރަދެއް ސަރުކާރުން
ދީފައިވާއިރު، އޭގެތެރެއިން 18 ކުއްޖަކު މިހާރުވަނީ، އޮޕަޜޭޝަނަށް ރާއްޖެއިން
ބޭރަށް ފުރާފައެވެ.