ކުޅިވަރު

ބޮލީވިއާ ބަލިކޮށް ބްރެޒިލް ކޮޕާ އެމެރިކާގެ ފެށުން ރަނގަޅު ކޮށްފި


ބޮލީވިއާގެ މައްޗަށް އަމިއްލަ ގައުމުގައި 3-0އިން ކުރި ހޯދައި ބްރެޒިލް ކޮޕާ އެމެރިކާގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ބްރެޒިލްގައި ރޭ ފެށި ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.
ބްރެޒިލަށް ލީޑް ހޯދައިދިނީ 50 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ފިލިޕޭ ކުޓީނިއޯ އެވެ. އޭގެ ދެ މިނިޓް ފަހުން ބާސެލޯނާގެ މިޑްފީލްޑަރު ވަނީ ދެ ވަނަ ގޯލެއް ޖަހައި ލީޑް ފުޅާކޮށްދީފަ އެވެ. ބްރެޒިލަށް މި މެޗުގައި ދިން ޕެނަލްޓީ އަކީ ކޮޕާ އެމެރިކާގެ ތާރީހުގައި ވެސް ވީއޭއާރު ބަލައިގެން ދިން ފުރަތަމަ ޕެނަލްޓީ އެވެ. ބްރެޒިލްގެ ފަހު ލަނޑު ޖެހީ އެވަޓަން އެވެ.
މުބާރާތުގައި މިރޭ ބާރަ ޖަހާއިރު ކުޅޭނީ ޕެރޫ އާއި ވެނެޒުއޭލާ އެވެ. ދެ ވަނަ މެޗުގައި އާޖެންޓީނާ އާއި ކޮލަމްބިއާ އެވެ. މި މެޗު ފަށާނީ މިރޭ ތިނެއް ޖަހާއިރު އެވެ.