ޚަބަރު

ޓޯ ޔާޑްގައި ނުގެންގޮސް ހުރި 79 އުޅަނދެއް ނައްތާލައިފި


ޓޯޔާޑްގައި ނުގެންގޮސް ގިނަ ދުވަސްތަކެއްވެފައިވާ ހުރި 79 ވެހިކަލްއެއް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ނައްތާލައިފިއެވެ. ފުލުހުން ބުނީ ޓޯކޮށްފައި ހުންނަ އުޅަނދުތައް ނައްތާލުމަށް ކޮންމެ ހަފްތާއަކު ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިއަދު 64 ސައިކަލާއި، ހަތަރު ފުރޮޅުލީ 10 އުޅަނދު އަދި 5 ބައިސްކަލު ނައްތާލާފައިވާކަމަށެވެ.

މި ވެހިކަލްތަށް ނައްތާލާފައިވަނީ، ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހުގައިކަމަށް ފުލުހުން ބުނެއެވެ.

އެއްގަމު ދަތުރު ފަތުކުރުމުގެ ޤާނޫނާއި ހިލާފަށް ޕާކުރާ އުޅަނދުތައް ފުލުހުން ނަގައިގެން ގެންދަނީ ފުލުހުންގެ ޓޯ ޔާޑަށެވެ. ޓޯ ކުރާ އުޅަނދުތަކުގެ ތަފްސީލު ފުލުހުން އަންނަނީ ކޮންމެ ހަފްތާއަކު އެއްފަހަރު އާއްމުކުރަމުންނެވެ. ޓޯ ޔާޑަށް ގެންދާ ވެހިކަލްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އެތަކެތީގެ ވެރިން ފަރާތްތަކުން ގެންދަންޖެހެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ނުގެންގޮސްފިނަމަ އުޅަނދުތައް ފުލުހުން ނައްތާލައެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަށް ދައްކާގިތުން މިމަހުގެ 1 އިން 7 އަށް ޖުމުލަ ޤަވައިދާ ޚިލާފަށް ޕާކްކޮށްގެން 568 ވެހިކަލެއްގައިވަނީ ޕާކިން ސްޓިކަރ ޖަހާފައެވެ. އަދި މި މުއްދަތުގައިި ފުލުހުންވަނީ ހަތަރުފުރޮޅުލީ 04 އުޅަނދުވެސް ވަނީ ޓޯކޮށްފައެވެ.

ނިމިދިޔަ ރަމަޟާން މަހާއި ދިމާކޮށް މާލޭގެ ޕާކިންގް މައްސަލަތައް ޙައްލުކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައިވަނީ އައު ޕާކިން ޖާގަތައް ތަރައްޤީކޮށްފައެވެ.