ވިޔަފާރި

މެންޗެސްޓަރއިން ކުރާ ދަތުރުތަކުގައި އެންމެ މަޤްބޫލް މަންޒިލަކަށް ރާއްޖެ


އިނގިރޭސިވިލާތުގެ މެންޗެސްޓަރއިން އޮޕަރޭޓްކުރާ ޤަތަރު އެއރވޭސްގެ ދަތުރުތަކުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ޤަތަރު އެއރވޭސްއިން ހާމަކޮށްފިއެވެ.

ރާއްޖެއަށްވެސް ފުޅާ ދާއިރާއެއްގައި ދަތުރުކުރަމުންދާ ޤަތަރު އެއަރވޭސްއިން ވަނީ މެންޗެސްޓަރއިން ކުރާ ދަތުރުތަކުގެ އަދަދު އިތުރުކޮށްފައެވެ.

ޤަތަރު އެއަރވޭސްގެ ދަތުރުތައް މެންޗެސްޓަރއަށް ފަށާފައިވަނީ 2003 ވަނަ އަހަރުއެެވެ. އަދި 2011 ވަނަ އަހަރު އެއަރލައިނުންވަނީ އެމަންޒިލަށް ކުރާ ދަތުރުތަކުގެ އަދަދު ދެގުނައަށް އިތުރުކޮށްފައެވެ. އަދި މިހާރު މެންޗެސްޓަރއިން ކުރާ ދަތުރުތަކުގެ އަދަދު ތިން ގުނައަށް ވަނީ އިތުރުކޮށްފައެވެ.

ޤަތަރު އެއަރވޭސްއިން ހާމަކުރާގޮތުން މެންޗެސްޓަރއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރުމުން، އެއަރލައިން މެދުވެރިކޮށް މެންޗެސްޓަރއިން އެކި އެކި މަންޒިލްތަކަށް ފުރާ މީހުންނަށް ގިނަ ފަސޭހަތެކެއް ލިބިގެންދާނެ ކަމަށެވެ. އަދި މެންޗެސްޓަރއިން ކުރާ ދަތުރުތަކުގައި އެންމެ މަޤްބޫލް މަންޒިލްތަކަކީ، ދިވެހިރާއްޖޭގެ އިތުުރުން، ބެންކޮކް، ބާލީ، މެލޭޝިއާ އަދި އޮސްޓްރޭލިއާ ކަމަށް އެ އެއަރލައިންއިން މަޢުލޫމާތުދެއެވެ.

ޤަތަރު އެއަރވޭސްއިން ދަނީ ކޮންމެ ދުވަހަކު 3 ފްލައިޓް ރާއްޖެއަށް އޮޕަރޭޓް ކުރަމުންނެވެ.