ކުޅިވަރު

އަޒްޔާން ފަރުހަތަށް އޮސްޓްރޭލިއާގެ ކުލަބަކަށް ކުޅުމުގެ ފުރުސަތު ލިބިއްޖެ


ރާއްޖޭގެ ޤައުމީ ޓީމްގެ ޔޫސްފް އަޒްޔާން ފަރުހަތަށް އޮސްޓްރޭލިއާގެ ކުލަބަކަށް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.
ފާއިތުވި އަހަރު ރާއްޖޭގެ ކްރިކެޓާރ އޮފްދަ އިޔާގެ މަގާމު ހޯދި އަޒްޔާނަށް ފުރުސަތު ލިބުނީ އެންމެ ފަހުން އޮސްޓްރޭލިއާގައި އޭނާ ކުޅުނު ކްލަބް ކަމަށްވާ ގްރީންވެލް ކެންގަރޫސް ކްރިކެޓް ކްލަބުންނެވެ.
އެގޮތުން އެކުލަބުން ވަނީ އަންނަ ހޫނު މޫސުމުގައި އޮސްޓްރޭލިއާގައި އޮންނަ ވިކްޓޯރިއާ ޕްރެމިއާ ކްރިކެޓް މުބާރާތުގައި ވާދަކުރާ ޓިމުގައި އަޒްޔާން ހިމަނަން ބޭނުންވާކަން ހާމަކޮށްފައިއެވެ.
އެކުލަބުން ބުނެފައިވަނީ، ފާއިތުވި އަހަރު ކުލަބުގައި އަޒްޔާން ދެއްކި ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށާއި، މިއަހަރުގެ މުބާރާތަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، މިއަހަރުވެސް އަޒްޔާން ޓީމަށް ގެންނަން ބޭނުންވާ ކަމަށެވެ.
ވިކްޓޯރިޔާ ޕްރިމިއަރ ކްރިކެޓް މުބާރާތަކީ އޮސްޓްރޭލިއާގެ މެލްބަންގައި ބާއްވާ އެންމެ ބޮޑު ކްރިކެޓް މުބާރާތް. މިމުބާރާތުގައި ތަފާތު ރޭންކިން ތަކެއްގައި ޓީމްތައް ކުޅޭއިރު، އެންމެ ފަހުން ރާއްޖޭގެ އަޒްޔާން ވާދަކޮށްފައިވަނީ ސެކަންޑް އިލަވަން ގައިއެވެ.