ކުޅިވަރު

ރަފާ އަނިޔާއަށްފަހު ޤައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި


ޤައުމީ ޓޭބަލް ޓެނިސް ޓިމްގައި ހިމެނޭ ރަފާ ނާޒިމް އަނިޔާއަށްފަހު ޤައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ. ރަފާގެ ފަޔަށް އަނިޔާވީ ގޭތެރޭގައި އުޅެނިކޮށް މިދިޔަ މަހުގެ ކުރީކޮޅުއެވެ.
ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ރަފާ މަހަކަށް ވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ރަފާ ފަރިތަކުރުންތަކަށް ނިކުތީ މި ހަފްތާ ތެރޭގައިއެވެ.
ރަފާއަކީ 2015ވަނަ އަހަރު އައިއޯއައިޖީން ލޯ މެޑަލް ހޯދި ޓީޓީ ޓީމްގެ މުހިންމު މެމްބަރެކެވެ. އެންމެ ފަހުގެ 4 ޤައުމީ ފައިނަލްގައިވެސް ރަފާވަނީ ވާދަކޮށްފައިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ޤައުމީ ޓީމް ފަރިތަކުރަމުންދަނީ އިންޑިޔާގެ ޕެނަކަލް އެކަޑެމީގެ ކޯޗެއްގެ އިރުޝާދާއިއެކުއެވެ. ޕެނަކަލް އެކަޑެމީގެ ކުޅުންތެރިންނާއިއެކު މި މަހު އެކުވެރިކަމުގެ މެޗުތަކެއްވެސް ޤައުމީ ޓީމުން ކުޅޭގޮތަށްވަނީ ހަމަޖެހިފައިއެވެ.