ގިނަ ކުޅުންތެރިންތަކެއް ވިއްކާލައިގެން އަންނަ ސީޒަން ފެށުމުގެ ކުރިން 300 މިލިއަން ޕައުންޑް ހޯދުމަށް ބާސެލޯނާއިން އަމާޒު ހިފައިފިއެވެ. 
ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި ބާސެލޯނާއިން ވަނީ ފުރަތަމަ 11ގެ މުހިންމު ބައެއް ކުޅުންތެރިން ވިއްކާލަން ނިންމައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ޑިފެންޑަރު ސެމިއުލް އުމްޓީޓީ އާއި އިވާން ރަކިޓިކް އަދި ފިލިޕް ކުޓީނިއޯ އާއި އަތްރޫރޯ ވިދާލްއެވެ.
މީގެ އިތުރުން މަލްކޮމް އާއި ގޯލްކީޕަރު ސިޔެސަން އަދި އޮސްމާނޭ ޑެމްބެލޭ އަކީ ވެސް ރަނގަޅު އަގުތަކެއް ލިބިއްޖެނަމަ ވިއްކާލަން ބޭނުންވާ ކުޅުންތެރިންނެވެ. 
މި ކުޅުންތެރިން ވިއްކާލަން ބާސެލޯނާ ބޭނުންވަނީ އެކުލަބުގެ ޗެކް ފޮތްތައް ބެލެންސް ކުރުމުގެ ގޮތުންނެވެ. އަންނަ ސީޒަނަށް ގަތުމަށް މަސައްކަތް ކުރާ ކުޅުންތެރިންނަނީ އަޔެކްސްގެ ކެޕްޓަން އަދި ޑިފެންޑަރު މަތިއަސް ޑިލައިޓް އާއި އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން ނުވަތަ ކުރީގެ ފޯވަޑް ޕީއެސްޖީގެ ނޭމާއެވެ. 
މީގެ އިތުރުން 75 މިލިއަން ޕައުންޑަށް އަޔެކްސްގެ މިޑްފީލްޑަރު ފްރޭންކް ޑިޔޯންގެ ވަނީ ބާސެލޯނާ އަށް ގެނެސްފައެވެ.