ޚަބަރު

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަނީ


ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ނިންމާފައިވަނީ މިިދިޔަ މަހުގެ 21 ވަނަދުވަހު ބޭއްވި ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުންކަމަށެވެ. އަދި މި ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މޭ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ވަނީ ހުށަހަޅާފައިވާކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުންކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.