ޚަބަރު

މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް

މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ) އެވެ.

މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށްނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު 11:05 އެހައިކަންހާއިރު މާވެޔޮ މަގުން ވަނީ ހައްޔަރުކޮށްފައެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދާނީ ތަހުގީގުކުރަމުންނެވެ.