ސިޔާސީ

ހުރިހާ ޖަލްސާއަކަށް ހާޒިރުވީ 38 މެމްބަރުން


ރައްޔިތުންގެ
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަތީ
ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި، ހިތަދޫ މެދު ދާއިރާގެ
މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ކަމަށް ހާޒިރީ ރިޕޯޓުންދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ޝާއިއުކޮށްފައިވާ ހާޒިރީ ރިޕޯޓުގައި ވާގޮތުން،
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ޖަލްސާއެއް
ބާއްވާފައިވާއިރު، އިބްރާހިމް މުހައްމަދު ދީދީ އެއްވެސް ޖަލްސާއަކަށް
ވަޑައިގެންފައެއް ނުވެއެވެ. އިބްރާހިމް މުހައްމަދު ދީދީ ވަނީ އާލާސްކަންފުޅާ
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.



ދ. މީދޫ ދާއިރާގެ
މެމްބަރު އަޙްމަދު ސިޔާމް 23 ޖަލްސާގެ ތެރެއިން ވަޑައިގެންފައި ވަނީ އެންމެ ހަތަރު
ޖަލްސާއަށެވެ. ނަވާރަ ޖަލްސާއަށް ވަޑައިގެންފައެއްނުވޭ. ދެން އެންމެ މަދުން
ހާޒިރުވެފައިވަނީ، އެމްޑިޕީގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުއެވެ.




އޭނާ 6 ޖަލްސާއަށް
ހާޒިރުވެފައިވާއިރު، 17 ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ.



ހުރިހާ ޖަލްސާއަކަށް
ވަޑައިގެންފައިވަނީ 85 މެމްބަރުންގެ ތެރެއިން 38 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް ފުރަތަމަ ދައުރު ނިންމާ ޗުއްޓީއަށް ގޮސްފައިވާއިރު، ދެން
މަޖިލިސް ހުޅުވޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.