ކުޅިވަރު

އަންނަ ސީޒަނުގައި މެންޑީ ކުޅޭނީ ރެއާލް މެޑްރިޑަށް - ޑިޑިއޭ ޑިޝޯމް


ލިޔޯން ޑިފެންޑަރު ފަރލަންޑް މެންޑީ މިއަންނަ ސީޒަންގައި ކުޅޭނީ ރެއާލް މެޑްރިޑަށް ކަމަށް ފްރޭންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.

ޑިޝޯމް މިހެން ބުނީ މެންޑީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުން ފާހަގަކޮށް ވާހަކަދައްކަމުން. މެންޑީ ހޯދުމަށް މީގެކުރިން ރެއާލްއިން މަސައްކަތް ކުރަމުންދާކަމުގެ ޙަބަރުތައް ވަނީ ފެންމަތިވެފައެވެ.

ފަންސާސް މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއަކަށް ލިޔޯން އާއި ރެއާލް މެޑްރިޑުން އެއްބަސްވެފައިވާކަން ފާހަގަކޮށް ފްރާންސް ކޯޗު ޑިޝޯމް ބުނީ މެންޑީއަކީ މީގެ ދެ އަހަރުކުރިން ފްރާންސްގެ ދެވަނަ ޑިވިޝަންގައި ކުޅެމުންދިޔަ ކުޅުންތެރިއެއް ކަމަށާއި މިހާރު އޭނާ އަކީ ފްރާންސްގެ ޤައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެއްގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއްކަލަބް ކަމުގައިވާ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ ކުޅުންތެރިއެއް ކަމުގައެވެ.

އެހެންނަމަވެސް މިހަބަރު ލިޔޯން ނުވަތަ ރެއާލް މެޑްރިޑުންވެސް އަދި ޔަގީންކޮށްދީފައެއް ނުވެއެވެ. މެންޑީ ލިޔޯން އާއި ގުޅުނީ ދެހާސް ސަތާރަ ވަނަ އަހަރުއެވެ. އަދި އޭނީ ފްރާންސްގެ ލީގް ވަން ގައި ކުޅުނު ދެ ސީޒަންގައިވެސް ވަނީ ސީޒަންގެ ޑްރީމް ޓީމުން ޖާގަ ހޯދާފައެވެ.

އުމުރުން ސައުވީސް އަހަރުގެ މެންޑީ ރެއާލްއަށް ބަދަލުވެއްޖެ ނަމަ އެކުޅުންތެރިއާ ވަނީ މިފަހަރުގެ ޓްރާންސްފަރ ޕީރިއަޑްގެ ތެރޭގައި ރެއާލް އާއި ގުޅުނު ހަތަރު ވަނަ ކުޅުންތެރިއާއަށެވެ.

މީގެކުރިން ރެއާލްއިން ވަނީ ޗެލްސީގެ ހަޒާޑް، އެންޓްރެކްޓް ފްރޭންކްފާޓްގެ ފޯވާޑް ޔޮވިޗް އަދި ބްރެޒިލްގެ ޑިފެންޑަރ އެޑަރ މިލިޓާއޯ ކްލަބަށް ގެންގޮސްފައެވެ.