ސިޔާސީ

ސުވާލުކުރީ އަފްރާޝީމުގެ މަރާ ގުޅޭމަޢުލޫމާތެއް ހުރިތޯ - ކުރީގެސީޕީ


ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަންގާރަ
ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ފުލުހުން އޭނާއާއި ސުވާލުކޮށްފައިވަނީ
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރ އަފްރާޝީމް އަލީ
އަވަހާރަކޮށްލި މައްސަލާގައާއި އަދި ރާއްޖެ ޓީވީ ރޯކޮށްލުމާއިގުޅޭ މައުލޫމާތު
ތަކެއް އޭނާގެ ކިބައިގައި ހުރިތޯކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖއެވެެ.



މިކަމާއިގުޅޭ ވާހަކަތަކެއް ރާއްޖެ ޓީވީގައި އޭނާ
ދައްކަވާފައިވާކަމަށް ފުލުހުން ބުނިނަމަވެސް ޕޮލިސް ކޮމިޝަނަރގެ މަގާމުގައި އޭނާ
ހުންނަވަނިކޮށް ހިގާފައިވާ ކަމެއްގެ ވާހަކަ ދައްކާފައިނުވާނެކަމަށް ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ ހާމަކޮށްގެން ނުވާނެ މަޢުލޫމާތުތަކެއް އޭނާ
ހާމަކޮށްފައިވާކަމަށް ފުލުހުން ތުހުމަތު ކުރިނަމަވެސް ފުލުހުން އޭނާގެ އަތުން
ބަޔާނެއް ނަގާފައިނުވާކަމަށެވެ.