މުނިފޫހިފިލުވުން

ޑާކްރެއިންގެ "މާމުއި" ޓިކެޓް ވިއްކަން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް "މާމުއި" އޮލިމްޕަހުގައި އަޅުވަން ތައްޔާރުުވެއްޖެއެވެ. "މާމުއި" އަކީ ޑާކްރެއިން އެންޓަރޓެއިންމަންޓުން މިއަހަރު ރިލީޒް ކުރާ ދެވަނަ ފިލްމެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޕިލްމުގެ ޕްރޮޑިއުސަރ މުހަންމަދު އަލީ (މޮގާ) ބުނީ ފިލްމްގެ ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށާއި ފިލްމަށް ތަރުހީބުވެސް ލިބެމުން އަންނަ ކަމަށެވެ. މި ފިލްމު އޮލިމްޕަހުގެ އިތުރުން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި އަޅުވާނެކަމަށާއި އަދި އެހެން ރަށްރަށުންވެސް އެދޭނަމަަ އެ ރަށްރަށުގައިވެސް ފިލްމް އަޅުވާނެކަމަށް މޮގާ ބުންޏެވެ.

ޑާކްރެއިންގެ މި ފިލްމަކީ އެހެން ފިލްމުތަކާއި ޙިލާފަށް ގިނަ އަދަދެއްގެ ކާސްޓުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިސްމާއިލް ޖުމާހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އަހްމަދު ސުނީ ، އަބްދުﷲ ޝިފާއު (ފުބޫ) އަދި މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. މިއާއެކު ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހުވެސް ފިލްމުގެ ޓްރެއިލާއިން ފެނިގެންދެއެވެ. އަދި އިންޑަސްޓްރީއަށް މުޅިން އަަލަށް ނުކުންނަ އައިޝަތު ޔާދާވެސް ޕިލްމުން ފެނިގެންދާނެއެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ޑާކް ރެއިންގެ ގިނަ ފިލްމަތަކެއް ޑައިރެކްޓްކުރި އަލީ ޝިފާއު (ޗިއްޕެ)އެވެ.

މި ފިލްމް ޓްރައިލަރވެސް މިހާރު ލޯންޗުކޮށްފައިވާއިރު މި ފިލްމެ ޓްރޭލަރ އިން ކުރީގެ މަޝްހޫރު ލަވަތަތަކުގެ ރީމޭކް ފެނިގެންގެއެވެ. އަހްމަދު ތޮލާލާއި ައިޝަތު ފުވާދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމަކީ ވަރަށް ތަފާތު ކޮމެޑީ ފިލްމަކަށް ވެގެންދާނެކަމަށް ޑާކްރެއިން އިން ބުނެއެވެ.

ޑާކްރެއިން އެންޓަރޓެއިންމަންޓުން ވަނީ ފިލްމު "މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ "ރޭރޭ" ވެސް ލޯންޗުކޮށްފައެވެ. ލަވަ ތަފާތު ގޮތަކަށް ފެނިގެންދާއިރު ޕްރޮމޯ ލަވަ ކިޔާދީފައިވަނީ މަޝްހޫރް ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދެވެ. ލަވަ އިތުރަށް ފުރިހަމަކޮށްދެނީ ލަވާގައި ހިމެނޭ ރެޕް އާޓިސްޓް ޓޯއިގެ އަޑެވެ.

މިއަހަރު ޑާކްރެއިން އެންޓަރޓެއިންމަންޓުން ވަނީ "ގޮށްރާޅު" ނަމުގައި މުޖުތަމަޢަށް މުހިންމު ފިލާވަޅުތަކެއް ގެނެސްދިން ފިލްމެއްވެސް ރިލީޒްކޮށްފައެވެ. ޑާކްރެއިންގެ ފިލްމު ތަކަކީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ފިލްމު ތަކެކެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ސްޓޫޑިއޯއެވެ.