ތިމާވެށި

ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ - މެޓް


ބުދަ ދުވަހު މެންދުރު 12:00 އިން ހަވީރު 6:00 އަށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް
ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ އިދާރާއިން ވައިޓް އެލާރޓް ނެރެފިއެވެ.



މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރޭގެ ވަގުތުތަކުގައިވެސް
މެދުރާއްޖެތެރެއަށް ވިދާގުގުރާ ބޯކޮށް ވާރޭވެހިފައިވާކަމަށެވެ. މިގޮތުން މިއަދުގެ
ހަވީރު ހަޔަކާ ހަމައަށްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް
ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެއިދާރާއިން
އިލްތިމާސްކުރެއެވެ. ވިލާގަނޑުގައި ސާޅީސް މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީ
ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން
އިލްތިމާސްކުރެއެވެ.



މޫސުމާބެހޭ އިދާރާއިން ބުނީ މި ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ކުރިން
ދެ މޫސުން ބެދޭ ދުވަސްވަރަށް ރާއްޖެއަށް އާންމުކޮށްވެސް ކުރަމުންދާ
ވިއްސާރައެއްކަމަށެވެ. އަދި ރާއްޖެއަށް ހުޅަނގު މުސުން ފެށޭނެކަމަށް ލަފާކުރެވެނީ
މިމަހުގެ މެދުތެރޭ ހިސާބުގައި ކަމަށް މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ.