ސިޔާސީ

އަބުރުގެ ދައުވާ ކުރަންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އަޅުވާ ފަރާތްތަކާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާއި ރައީސް ޔާމިނާ ގުޅުވައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެކަމާއި ގުޅިގެން އަބުރުގެ ދައުވާ ރައީސް ޔާމިން ކުރައްވަން ވާނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް އޮތް އިހްތިޔާރެއް ކަމަށާއި އަފްރާޝީމްގެ މަރާއި ރައީސް ޔާމިނު އާއި ގުޅުވައިގެން ދައްކާ ވާހަކަތައް މީގެ ކުރިންވެސް ޕީޕީއެމްއިން ކުށްވެރިކޮށްފައިވާނެ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.