ޚަބަރު

ދިވެހި ސަރުކާރުން ނޭޕާލަށް އެހީވުމަށް 50،000ޑޮލަރު ހަދިޔާކުރަނީ


މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ނޭޕާލަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާތަކާ ގުޅިގެން، އެޤައުމަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން 50،000 އެމެރިކާ ޑޮލަރު ހަދިޔާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.ނޭޕާލަށް ދިމާވި ބިންހެލުމުގެ ހާދިސާއާ ގުޅިގެން އެކަމާއި ރާއްޖެއިން ހިތާމަކުރާކަމަށާއި، އެގައުމަށް ދިމާވެފައިވާ ހާލަތަށް އަވަސް ހައްލަކަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.