ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރަސްމީކޮށް މަރްޙަބާ ދަންނަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރަސްމީކޮށް މަރްޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި މޯދީއަށް ރަސްމީ ކުރުނީހެއްވެސް އަރުވާފައިވެއެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މޯދީއަށް މަރުޙަބާ ދެންނެވުމުގެ މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ބޭންޑުގައި ދެޤައުމުގެ ޤައުމީ ސަލާން ކުޅުމާއި ސްކޫލް ދަރިވަރުންގެ ސަޤާފީ ޙުށަހެޅުމެއްވެސް ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތަށްފަހު އިންޑިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައިވަނީ ރަސްމީ އިއްޒަތުގައި ހަތްކޮޅުގައެވެ.