ޚަބަރު

ޢުމްރާއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ


ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްއުޅެނިކޮށް މަރުވެފައިވަނީ ސ. ހުޅުދޫ އީވްނިންގވިލާ އުމުރުން 77 އަހަރުގެ ޙަސަން އަޒީޒެވެ. އޭނާ މަރުވެފައިވަނީ މިއަދު ފަތިހު މައްކާ ގަޑިން 5:45 ހާއިރު، މަލިކް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ޙަސަން އަޒީޒް ޢުމްރާއަށް ގޮސްފައިވަނީ ކަމަނަ އަލްޙައްޖު ވަލްޢުމްރާ ގްރޫޕުގެ ފަރާތުންނެވެ.

މިއަހަރު އުމްރާއަށް މީހުން ގެންދިޔުމަށް ޖުމްލަ 25 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވެއެވެ.