ސިޔާސީ

މަރުގެ ހުކުމް ތަންފީޒް ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް-ރައީސް


ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި، އެގޮތުން އެމަނިކުފާނު އެންމެ ހިއްޕުޅު ހަމަޖެހިވަޑައިގަންނަވާނީ ޑރ. އަފުރާޝީމް އަލީގެ ޤާތިލުންނަށް މަރުގެ އަދަބު ދެވުމުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބުދުއްﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް ޔާމީން ވިދާޅުވީ ޑރ އަފުރާޝީމްގެ ޤާތިލުންގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު ސަރުކާރުން އެކަން ކުރުމަށް ފަސް ނުޖެހޭނެކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ނިންމާ ނިންމުމެއް ތަންފީޒު ކުރުމުގައި ސަރުކާރުން އެއްވެސް އިސްތިންނާއެއް ނެތި، އަމަލުކުރަމުން ގެންދާނެކަމަށެވެ. އަދި ރާއްޖޭގައި ޤާނޫނުގެ ވެރިކަން އެމަނިކުފާނުގެ ސަރުކާރުން ޤާއިމުކުރާނެކަމަށާއި، މިކަމުގައި ވަކި ފަރުދަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބެލުމެއް ނޯންނާނެކަމަށެވެ.5 ކައުންސިލަރަކާއި، އަދާލަތުޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރަކު ޕީޕީއެމަށް ސޮއިކުރުމަށް މިއަދު މުލީއާގޭގައި އޮތް ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އަދާލަތު ޕާޓީ އުފެދިގެންދިޔަ މަޤުސަދު މިހާރު އެޕާޓީގެ ލީޑަރޝިޕުން އޮޅުވާލާފައިވާކަމަށާއި، ޕީޕީއެމްގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކަށް އަބަދުވެސް އެޕާޓީން މަރުހަބާކިޔާނެކަމަށެވެ.