ކުޅިވަރު

ފުވައްމުލަކުގައި ރާޒުވާ މުބާރާތެއް ފަށައިފި


ފުވައްމުލައް ސިޓީ ކައުންސިލާއި ޗެސް އެސޯސިއޭޝަން ގުޅިގެން ފުވައްމުލަކުގައި ރާޒުވާ މުބާރާތެއް ފަށައިފިއެވެ.

ފުވައްމުލައް ޗެސްކަޕް 2019 ނަމުގައި ފެށި މުބާރާތް ފައްޓަވައި ދެއްވަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މަޖަލަކަށް ޗެސްކުޅުމުގެ ބަދަލުގައި ސީޒިއަސް ކުޅިވަރެއްގެ ގޮތުގައި މި ކުޅިވަރު ކުޅުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. އަދި އުއްމީދަކީ ޗެސް އެސޭސިއޭޝަންގެ ފަރާތުން ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ރާޒުވާ ދަސްކޮށްދީ މިކުޅިވަރު ފުވައްމުލަކުގައި ކުރިއަރުވައި އާލާކުރަން މަސައްކަތް ކުރަން ފެށުމެވެ.

ފުވައްމުލަކުގައި މުޅިން އަލަށް ފެށި މި މުބާރާތުގައި ޖުމްލަ ސޯޅަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ވަނަވަނައަށް އަންނަ ފަރާތަކަށް ފައިސާގެ އިނާމް އަދި ޓްރޮފީ ދޭންވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ޗެސް ރަނގަޅު ފެންވަރަކަށް ގެނައުމުގެ މަގްސަދުގައި އުފައްދާފައިވާ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުންދަނީ ސުކޫލު ފެނަވަރުގައާއި ޤައުމީ ފެންވަރުގައި ގިނަ ޗެސް މުބާރާތައް ފަހަކަށް އައިސް އިންތިޒާމުކުރަމުންނެވެ.