ޚަބަރު

މޫސުމަށް ސަމާލުވޭ - ކުރިއަށްއޮތް 24 ގަަޑިއިރުުވެސް ވިއްސާރަކުރާނެ


ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންްވެސް އެކަށީގެންވާކަމަށެވެ. އަދި ހުޅަނގާއި މެދުތެރެއާއި ދެކުނުގެ އަތޮޅުުތަކުގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

އެ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފަައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. މި ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވުމާއި އެކި ވައިގަދަވުމުގެ ސަބަބުންވެސް އެކި ހާދިސާތައް ވަނީ ހިނގާފައެވެ.