ވިޔަފާރި

ފަތުރުވެރިކަމުގެ ސަރަޙައްދީ ފެންވަރުގެ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ


ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން، ޑަބްލިޔު.ޓީ.އޯގެ ސަރަޙައްދީ ފެންވަރުގެ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ބޫޓާންގައި މިމަހުގެ ތިނަކުން ފަހަކަށް ކުރިއަށްދާ މި ބައްދަލުވުމަކީ، ޔޫ.އެން.ޑަބްލިއު.ޓީ.އޯ ކޮމިޝަން އޮފް ދަ އީސްޓް އޭޝިއާ، ޕެސިފިކް އަދި ޔޫ.އެން.ޑަބްލިއު.ޓީ.އޯ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙެވެ.

މި ބައްދަލުވުމުގައި ސަރަޙައްދީ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އިސްވެރިން ބައިިވެރިވެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުޟޫއުތަކުގެ ތެރޭގައި، ދެެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުުވުމާއި، ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ފަތުރުވެރިކަން މެދުވެރިކޮށް އިތުރުކުރުން ހިމެނެއެވެ.