ޚަބަރު

އައްޑޫ ސިޓީގައި ފިޠުރު ޒަކާތުގެ ހައްޤުވެރިންގެ ގޮތުގައި 884 ފަރާތެއް


އައްޑޫސިޓީގައި ފިޠުރު ޒަކާތުގެ ހައްޤުވެރިންގެ ގޮތުގައި 884 ފަރާތްތަކަށް ޒަކާތް ލިބިގެން ދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ފިޠުރު ޒަކާތް ލިބިގަތުގަމަށް އެދޭ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުޞަތުގައި އައްޑޫއިން، 1589 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ. މީގެ ތެރެއިން ފިޠުރު ޒަކާތުގެ ހައްގުވެރިންގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ 884 ފަރާތެކެވެ.

އައްޑޫސިޓީ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ފިޠުރު ޒަކާތުގެ ހައްޤުވެރިންގެ ލިސްޓް މިއަދުން ފެށިގެން އަވަށު އޮފީސްތަކުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

ސިޓީ ކައުންސިލުން ބުނީއި ފިޠުރު ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތް ބެހުމުގެ ކަންކަން އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސްތަކުގައި މާދާމާ ހެނދުނު 9:30 އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަދި ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑީގައި ކަމަށްވެސް އެފަރާތުން ބުނެއެވެ.

ފިޠުރު ޒަކާތް ދޫކުރެވޭނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތުގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓުގެ އަސްލު ގެނައުމުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.