ޚަބަރު

އެކްސިޑެންޓް އިތުރުވެ ސްޓިކަރ ޖެހި އަދަދު ދަށަށް


އެކްސިޑެންޓްތަކާއި ގުޅިގެން މިިދިޔަ ހަފްތާގައި އެކަނިވެސް 11 މީހެއްގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ހަފްތާއަކު އެއްފަހަރު ޢާއްމު ކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަ މޭ މަހުގެ 25 އިން ފެށިގެން 31ގެ ނިޔަލަށް މާލޭ ސިޓީގައި 64 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މީ އޭގެ ކުރީ ހަފްތާއާއި އަޅާ ބަލާއިރު 17 އެކްސިޑެންޓް އިތުރު އަދަދެކެވެ. އެކްސިޑެންޓްތަކުގައި ޒަހަމްވި މީހުންގެ އަދަދު މިދިޔަ ހަފްތާގައި 17 އަށް އަރާއިރު އޭގެ ކުރީގެ ހަފްތާގައި މިއަދަދު ހުރީ 06 ގައެވެ.

އެކްސިޑެންޓްތަކުގެ ސަބަބުން މިދިޔަ ހަފްތާގައި 11 މީހެއް ލައިސަންސް ފުލުހުންވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޤަވައިދާ ހިލާފަށް ޕާކުކޮށްގެން 674 ސްޓިކަރ ވަނީ ޖަހާފައެވެ. އޭގެ ކުރީ ހަފްތާގައި ޖެހި ސްޓިކަރގެ އަދަދީ 702 އެކެވެ. ރަމަޝާން މަސް ފެށުނު އިރު މިއަދަދު ހުރީ 800 ވުރެ މަތީގައެވެ.

މިިދިޔަ ހަފްތާގައި 361 ވެހިކަލެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި 12 ވެހިކަލެއް ފުލުހުން ވަނީ ޓޯރވެސްކޮށްފައެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓަށް މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ލައިސަންސްނެތި ދުއްވުމުގެ މައްސަލަތަކެވެ. އެގޮތުން ލައިސެންސް ނެތި ދުުއްވި 88 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 2 ކުއްޖެއްގެ މައްސަލަވެސް ހިމެނެއެވެ.

މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ޓެކްސީ ޚިދުމަތް ދިން 2 މައްސަލައަކާއި، ހެލްމެޓް ނާޅާ ދުއްވި 15 މައްސަލައެއް މިދިޔަ ހަފްތާގައި ހުށައަޅާފައިވާކަމަށް ޓްރެފިކް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.