ޚަބަރު

ނޭޕާލުގައި ތިބި ދިވެހިން ރާއްޖެ ގެނެވޭނެ މަގެއް ހޯދަނީ


ނޭޕާލްގައި
މިވަގުތުތިބި ގިނަ ދިވެހިން ވަގުތީ ގޮތުން ރާއްޖެ އައުމަށް އެދެމުންދާތީ،
އެފަރާތްތައް ރާއްޖެ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރެވެންހުރި
މަސައްކަތްތައް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.



ފޮރިން
މިނިސްޓްރީން ވިދާޅުވީ ނޭޕާލްގައި މިވަގުތު ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން
ބައްލަވަމުންދަ ކަމަށެވެ. ނޭޕާލްގައި ހުންނަވާ ދިވެހި އޮނަރަރީ ކޮންސުލް
މެދުވެރިކޮށް ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެމުންގެންދާ ކަމަށް
ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.



އަދި
މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ޚާރިޖިއްޔާއަށް ހިއްސާ ކުރައްވަން
ބޭނުންފުޅުވާނަމަ  7983400 ނަންބަރަށް ގުޅުއްވުމަށް
ޚާރިޖިއްޔާއިން އެދިވަޑައިގަންނަވައެވެ.