ޚަބަރު

ހިތަދޫ ބޮޑުމަގުގައި ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓެއް ހިގައިފި


އައްޑޫސިޓީ ހިތަދޫ ބޮޑުމަގުގައި ސައިކަލެއް ކޮންޓްރޯލްނުވެގެން ބަސް ސްޓޮޕްގައިޖެހި އެކްސިޑެންޓެއް ހިގައިފިއެވެ.

މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 19:00 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ފަޒާ ފިހާރަ ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއްނުވެއެވެ.

މި އެކްސިޑެންޓުގައި ކާރުގެ ކަނާތް ފަރާތުގެ ލޯގަނޑު ހަލާކުވެފައިވާއިރު، ސައިކަލުގެ މެދުން ފެށިގެން ކުރިއާއި ހަމަޔަށް ސައިކަލުގެ ކަވަރު ވަނީ ހަލާކުވެފައެވެ. އަދި އެކްސިޑެންޓުވި ދެމީހުން އަތުގައިވެސް ލައިސަންސްއޮތް ކަމަށްވެސް ފުލުހުން މައުލޫމަތް ދެއްވައެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްގީގް ކުރަމުންނެވެ.