ޚަބަރު

ސިފައިން ޝަރަފުގެ ހިނގާލުމެއް ބާއްވައިފި


123 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ޝަރަފުގެ ހިނގާލުން ބާއްވައިފިއެވެ.ޝަރަފުގެ ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު، ހަތަރުގަޑި ތިރީހުގައި،  ބަންޑާރަކޮށިންނެވެ.ހިނގާލުން ކުރިއަށް ދިޔައީ، ބަންޑާރަ ކޮށިން ނިކުމެގެން، އަމީރު އަޙްމަދު މަގުން، ސޯސަން މަގުން، މަޖީދީމަގުން އިރަށް ގޮސް ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާކޮށްޓަށެވެ.ޝަރަފުގެ މި ހިނގާލުމުގެ ލަޝްކަރު ވަނީ ހެންވޭރު ރާޅުގަނޑު ސަރަޙައްދުގައި މަޑުކޮށް ސިފައިންގެ ބޭންޑުގެ ރާގުތައް ހިމެނޭ ޑިސްޕްލޭއެއް ދައްކާލާފައެވެ.މިއަދުގެ ޝަރަފުގެ ހިނގާލުމުގައި ވަނީ، ކުރީޒަމާނުގައި ސިފައިން ބޭނުންކުރި ބައެއް ޔުނީފޯމްތަކާއި ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި އެމްއެންޑީއެފް މެޑިކަލް ސަރވިސްގެ ޑިސްޕްލޭއެއް ދައްކާލާފައެވެ.