ކުޅިވަރު

ތިނަދޫ ކައުންސިލު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަސެއްރާއިން ހޯދައިފި


ހުވަދޫ ރެކްރިއޭޝަންސްއާއި ތިނަދޫ ޒުވާނުންގެ މަރުކަޒު ގުޅިގެން ބޭއްވި ތިނަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މައްސެއްރާއިން ހޯދައިފިއެވެ.

މައްސެއްރާ މުބާރާތުގެ ޗެމްޕިއަކަން ހޯދީ ފައިނަލް މެޗުގައި އެކުއާ ޕެރެޑައިސް ސްޕޯޓްސް ހަތެއް ތިނަކުން ބަލިކޮށްގެންނެވެ.

މެޗުގައި މަސެއްރާގެ 7 ލަނޑުގެ ތެރެއިން 4 ލަނޑު ޖަހައިދިނީ އިބްރާހިމް އަހުމަދެވެ. އަނެއް ތިން ލަނޑު ޖަހައިދިނީ އިސްމާއިލް ޝިއާދު، އިބްރާހިމް ފާރިޝް އަހުމަދު އަދި ޝާމިން މުހައްމަދު ނަސީރެވެ. އަކުއާ ޕެރެޑައިސްގެ ލަނޑުތައް ޖަހައިދިނީ އަލީ ސަމޫހު ހަސަނެވެ.

މުބާރާތުގެ ޗެމްޕިއަންކަން މަސެއްރާއިން ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

ޗެމްޕިއަން މަސެއްރާއަށްވަނީ ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިއެވެ. އަދި ދެވަނަ ހޯދި އެކުއާރ ޕެރެޑައިސްއަށްވަނީ ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.