ޚަބަރު

ލ. ގަމުގައި އެކްސިޑެންޓެއްވެ 2 މީހަކަށް ސީރިއަސް އަނިޔާތަކެއް


ލ. ގަން މުކުރި މަގު އަވަށުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 02
މީހަކަށް ސީރިއަސް އަނިޔާ ތަކެއް ލިބިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.



ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުގައި، މިރޭ 18:05 އެހާކަން ހާއިރު
ސިނާއީ މަގުގައި ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި
ވަނީ ސައިކަލްގައި ތިބި 18 އަހަރުގެ ދެ ދިވެހިންނަށެވެ.



މި އެކްސިޑެންޓްގައި އަނިޔާލިބުނު 02 މީހުންނަށް ފަރުވާ ދެމުން ދަނީ ލ. ގަން
ރީޖަނަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައެވެ. އަދި އެ ދެމީހުން އިތުރު ފަރުވާ އަށް
މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.



މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ
ބަލަމުންނެވެ.