ވިޔަފާރި

އެމް.އެމް.ޕީ.އާރު.ސީގެ ރަށްތަކުގެ ހެޑްލީސް އެގްރިމަންޓް ބަދަލު ނުކުރާކަމަށް ބުނެވުނީ އޮޅުމަކުން


އެމް.އެމް.ޕީ.އާރުސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން އެއްވެސް ހެޑްލީސްއެއް ބަދަލުކުރެވިފައި ނުވާކަމަށް ބުނެ މީޑިއާއަށް މަޢުލޫމާތުދެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި ކުށަށް މާފަށް އެދިފައެވެ. ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އދ. އީންފަރުގެ ހެޑްލީސް މިއަހަރުގެ ފެބުރުއަރީ 28 ގައި އެމް.އެމް.ޕީ.އާރްސީ އިން އެރަށް ދޫކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ބަދަލުކޮށްފައިވާކަމަށެވެ. އެއީ ޤާނޫނީ ގޮތުން އަދި ތަޙުޤީޤީ އެއްވެސް އިދާރާއަކުން އެއިރު އެކަމަށް އެއްވެސް ހުރަހެއް ނެތުމުން ހިނގާފައިވާ މުޢާމަލާތެއްކަން ފާހަގަކުރެވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ އެމް.އެމް.ޕީ.އާރްސީ އިން ދޫކޮށްފައިވާ އެއްވެސް ރަށެއްގެ ވެރި ފަރާތް ބަދަލުވާފަދަ މުޢާމަލާތެއް ކުރިޔަށް ގެންދެވޭނީ ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން އެކަން ބަލައި އެކަމާއި މެދު ކަނޑައަޅާ ގޮތެއްގެ މަތިންކަމަށެވެ.