ވިޔަފާރި

ސިނަމަން ބްރޭންޑުގެ އިތުރު ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ


ސްރީލަންކާގެ، ޖޯންކީލްސްގެ ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްގެ އިތުރު ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް އެކުންފުނިން ތައްޔާރުވެއްޖެއެވެ.

މި ރިސޯޓްވެގެން ދާނީ ރާއްޖޭގައި ހުޅުވާ ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ހަތަރުވަނަ ރިސޯޓަށެވެ.

ޖޯން ކީލްސްގެ އަހަރީ ރިޕޯޓުގައި އެކުންފުނީގެ ޗެއަރމަން ކްރިޝަން ބަލެންދުރާ ވިދާޅުވީ، އަލަށް ހުޅުވާ ރިސޯޓާއި ގުޅޭ ސަބްލީޒް އެގްރީމެންޓްގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މި ރިސޯޓު ތަރައްޤީކުރާ ރަށަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ކައިރި ރަށެއް ކަމަށްވެސް އޭނާ ބުންޏެވެ.

ޖޯން ކީލްސްއިން މިހާރުވެސް ދަނީ ރާއްޖޭގައި ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސް ބުރޭންޑުގެ ތިން ރިސޯޓެއް ހިންގަމުންނެވެ. އެއީ ސިނަމަން ދޮންވެލި މޯލްޑިވްސް، ސިނަމަން ހަކުރާ ހުރާ އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންއެވެ.