ޚަބަރު

މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަޚަމްވެއްޖެ


މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކު
ޒަޚަމްކޮށްލައިފިއެވެ.



މިރޭ ނުވަގަޑި ދިހައެއް އެހާކަށް ހާއިރު އަމީނީމަގު
އެމް.ޑަބްލިއު.އެސް.ސީ ކައިރީ، ހިނގި މިމާރާމާރީގައި އަނިޔާވެފައިވަނީ އަށާރަ
އަހަރުންދަށުގެ ފިރިހެންކުއްޖަކަށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ކުއްޖާއަށް
ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ނަމަވެސް ސީރިޔަސް އަނިޔާތަކެއް
ނުލިބޭކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި
މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވެއެވެ.