ޚަބަރު

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުގައި ހުންނަ ދިވެހި އެމްބަސީގައި ރަޖިސްޓްރީވާން ހުޅުވާލައިފި


ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުގައި ހުންނަ ދިވެހި އެމްބަސީގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އެޤައުމުގައި ދިރިއުޅޭ ދިވެހިން، އެމީހުންގެ މައުލޫމާތު ހިމެނޭ ފޯމެއް އޮންލައިންކޮށް ފުރުމަށްފަހު ހުށައެޅުމަށް އިލްތިމާސްކޮށްފައެވެ.

އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރަނީ އެމްބަސީން ބޭނުންވާ މައުލޫމާތުތަކާއި، ދޭ ޚިދުމަތްތައް ދިވެހިންނަށް ފަސޭހައި ފޯރުކޮށްދިނުމަށާއި، އިމަޖެންސީ ހާލަތެއްގައި ވީހާވެސް އަވަހަށް މުއާމަލާތުކުރުމާއި، އެކިތަންތަނުގައި ތިބޭ ދިވެހިންގެ ކަންކަން ގާތުން ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށް ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ.

ސިންގަޕޫރަކީވެސް ތަފާތު އެކި ބޭނުންތަކުގައި ދިވެހިން ދިރިއުޅެމުންދާ ޤައުމެކެވެ.