ޚަބަރު

ހަދަމުންދިޔަ މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެބިދޭސީއަކަށް އަނިޔާވެއްޖެ


ހަދަމުންދާ މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި މިސްކިތް ނިންމުމުގެ މަސައްކަތުގައި އުޅުނު ދެ ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް މާބޮޑު ހާނިކައެއް ވެފައި ނުވާކަމަށާ، އެ ދެމީހުންވެސް ތިބީ ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހެނދުނު 10:07 ހާއިރުކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މާވެޔޮމަގު ކޯރުކެނޑިމަގާއި، މުއިވެޔޮމަގު ގުޅޭ ކަންމަތީގައި ހުންނަ މާވެޔޮ މިސްކިތުގެ އައު އިމާރާތް މި ރޯދަމަސް ނިމުމުގެ ކުރިން ނިންމައި ހުޅުވަން މަސައްކަތްކުރަމުންދާކަމަށް އިސްލާމީކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކުރިން ދެ ފަންގިފިލާއަށް ހުރި މާވެޔޮ މިސްކިތް އަލުން ތަރައްޤީކުރަނީ ގާތްގަނޑަކަށް 1800 މީހުނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް 5 ފަންގިފިލައަށެވެ.