ޚަބަރު

ތާރީޚީ ލިޔުންތެރިޔާ ޝަފީގުގޭ ޝަފީގް އަވަހާރަ ވެއްޖެ


މަޝްހޫރު
ތާރީޚީ ލިއުންތެރިޔާ ޝަފީގުގޭ އަހްމަދު ޝަފީޤު އަވަހާރަވެއްޖެއެވެ. ވަރަށް ގިނަ
ދުވަސްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޝަފީޤު އަވަހާރަވީ ރޭ ފަތިހުގެ
ވަގުތެއްގައެވެ.  

އަވަހާރަވީއިރު
ޢުމުރުފުޅަކީ 87 އަހަރެވެ. ކަށު ނަމާދު އޮތީ މިއަދުގެ ހުކުރު ނަމާދަށްފަހު
އާސަހަރާ މިސްކިތުގައެވެ. 

ޝަފީޤަކީ ތާރީޚީ ގިނަ ފޮތްތަކެއް ލިއުއްވާ ތާރީޚު ދިރާސާ
ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އަތޮޅުވެރިކަން ކަމާއި ރައްޔިތުންގެ
މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ.





އޭނާއަށް ލިޔުންތެރިކަމުގެ ރޮނގުން ލިބުނު
ކާމިޔާބީތަކުގެ ތެރޭގައި، ނޫސްވެރިކަމުގެ ރަންގަލަމާ، ލިޔުންތެރިކަމުގެ ރޮނގުން
ޝަރަފްވެރި ކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވެއެވެ.