ސިއްހަތު

ހައްދުންމަތީ ކުނަ ހަންދޫގައި އެސްޓީއޯއިން ބޭސްފިހާރައް ހުޅުވައިފި


އާސަންދައިގެ
ދަށުން ޚިދުމަތް ފޯރުކޮށްދޭ ސަތޭކަ ހަވަނަ ބޭސް ފިހާރަ ހައްދުންމަތީ ކުނަހަންދޫގައި
އެސްޓިއޯއިން ހުޅުވައިފި. 

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ
ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯގެ ބޭސްފިހާރައެއް ގާއިމް ކުރުމަށް އެސްޓީއޯއާ
ދިވެހި ސަރުކާރަ ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫއު ނިމޭ އިރު ހަތްސަތޭކަ އެއްހަ
ވަޒީފާ އުފެދިގެންދާނެ ކަމަށް ލަފާ ކުރެވިފައިވާ އިރު މިމަޝްރޫއުގެ ދަށުން ރާއްޖޭގެ
ހުރިހާ ރަށެއްގައި ކުރިއަށް އޮތް އަށް މަސް ދުވަހުތެރޭ އެސްޓީއޯގެ ބޭސް ފިހާރަތައް
ގާއިމްކުރެވިގެންދާނެ.





މިމަޝްރޫއަށް
ފަންސަވީހާއި، ތިރީސް މިލިއަން ރުފިޔާ އާ ދެމެދުގެ ޚަރަދެއް ހިގާނެ ކަމަށް އެސްޓީއޯއިން
މައުލޫމާތުދޭ.