ކުޅިވަރު

ކޮޕަ އެމެރިކާއަށް ބްރެޒިލްގެ ޕްރެކްޓިސް ފަށައިފި


ކޮޕަ އެމެރިކާއަށް ތައްޔާރުވުމަށް ބްރެޒިލްގެ ޤައުމީ ޓީމްގެ ފަރިތަކުރުންތައް ފަށައިފިއެވެ.

2007ގެ ފަހުން ފުރުތަމަ ފަހަރަށް ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ފަރިތަކުރުންތައް ފެށީ އެންމެ ފަސް ކުޅުންތެރިންނާއިއެކުގައެވެ. އެއީ މެންޗެސްޓަރ ސިޓީގެ ގެބްރިއެލް ހެސުސް، ފެނާންޑީނިއޯ، ރެއާލް މެޑްރިޑްގެ ކަސެމީރޯ، އެވަޓަންގެ ރިޗާލިސަން، އަދި އަޔެކްސްގެ ޑޭވިޑް ނެރޭސްއެވެ.

ސިޓީގެ ކީޕަރު އެޑަސަން އަދި އެތްލެޓިކޯގެ ފިލިޕޭ ލުއިސް މާދަމާގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެއެވެ. ޕީއެސްޖީގެ ހަތަރު ކުޅުންތެރިންކަމަށްވާ ނޭމާ، ތިއާގޯ ސިލްވާ، ޑެނީ އަލްވޭސް އަދި މާކީނޯސް ޓީމާއި ގުޅޭނީ މިމަހުގެ އަށާވީހުގައިއެވެ.

އަންނަ ޖޫންމަހުގެ 14ވަނަ ދުވަހު ބްރެޒިލްގައި ފަށާ މުބާރާތުގައި 12 ޤައުމަކުން ވާދަކުރާނެއެވެ. މީގެ ކުރިން ބްރެޒިލް 8 ފަހަރު ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައިވާއިރު، 8 ފަހަރުގެ ތެރެއިން 5 ފަހަރު އެޓީމުން ތަށި އުފުލާލީ އަމިއްލަ ޤައުމުގައި މުބާރާތް ބާއްވައިގެންނެވެ.

މިފަހަރުގެ މުބާރާތުގައި ބްރެޒިލް ލައްވާލީ ވެނެޒުއޭލާ، ބޮލީވިއާ އަދި ޕެރޫއާއިއެކު ގްރޫޕް އޭގައެވެ.