ޚަބަރު

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްވެ 1 އައިސީޔޫގައި


އައްޑޫ ސިޓީގެ
ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި
ފަރުވާދެމުންއެބަދެއެވެ.



ފުލުހުންގެ މީޑިއާ
އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރުއޮއްސި 6:15
އެހާކަންހާއިރު ހިތަދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންކަމަށެވެ.




އޭގެ ތެރެއިން
އެއްސައިކަލްގައި ދެދިވެހިން ތިބި އިރު އަނެއް ސައިކަލް ދުއްވީ ބިދޭސީއެއް ކަމަށް
ފުލުހުން މަޢުލޫމާތުދެއެވެ.



މިއެކްސިޑެންޓްގައި
އަނިޔާވެގެން އައިސީޔޫގައި ފަރުވާދެމުންދަނީ ދިވެހި ފިރިހެނަކަށް ކަމަސްވެސް
ފުލހުން ބުނެއެވެ.



މި އެކްސިޑެންޓްގައި
އަނެއް ދެމީހުންނަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.  



ފުލުހުން ބުނީ
އެކްސިޑެންޓްގައި ހިމެނުނު އެއްސައިކަލް ދުއްވަންއިން ބިދޭސީ މިހާ އަތުގައި
ލައިސެންސް ވެސް ނެތް ކަމަށެވެ.