ޚަބަރު

މިރޭއާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ


މިރެއާއި މާދަމާވެސް ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހެނޭ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ޤަޢުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

އެއިދާރާއިން ލަފާކުރާ ގޮތުގައި މިރޭގެ އަށަކުން މާދަމާރޭގެ އަށަކަށް ގުގުރުމާއިއެކު ރާއްޖޭގެ އެކިހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. އުތުރުގެ އަތޮޅުތަކަށް، ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެނިހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

އުތުރުގެ އަތޮޅުތަކަށް ބަލާއިރު އާދައިގެ ވަރަކަށް ކަނޑު މަޑުވާނެކަމަށާ، އެހެނިހެން ހިސާބުތަކުގައި ކަނޑު، އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެެކަމަށްވެސް ލަފާކުރެއެވެ.