ދުނިޔެ

އޮބާމާގެ މާމަ އުމުރާއަކަށް މައްކާއަށް


އެމެރިކާގެ ރައީސް ބަރަކު އޮބާމާގެ މާމަ ސާރާ އޮމަރު
އުމުރާއަކަށް މައްކާއަށް ހިގައްޖެއެވެ. އޭނަ މައްކާއަށް ދިޔައީ ދަރިފުޅު ސައީދު
އޮބާމާއާއި މާމަދަރިފުޅެއްކަމަށްވާ މޮއުސާ އޮބާމާ އާއި އެކުއެވެ. ސައީދު
އޮބާމާއަކީ ބަރަކް އޮބާމާގެ ބޮޑުބޭބެއެވެ. މައްކާއަށް މިކުރާ ދަތުރުގައި
މިއާއިލާއިންވަނީ ކީރިތި ރަސޫލާއާއިބެހޭގޮތުން މައްކާގައި ބާއްވާ ޚާއްސަ
އެގްޒިބިޝަނަކަށް ޒިޔާރަތްކޮށް ސައޫދީއަށް ވަރަށް ތާރީފްކޮށްފައެވެ.



" މިއެގްޒިބިޝަނަށް ޒިޔާރަތްކުރުމަކީ އަހަރެންނަށް ލިބުނު
ވަރަށް ބޮޑު އުފަލެއް. މިއީ ހަގީގީ ލިއުންތަކާއި ސައިންޓިފިކް ހެކިތަކުގެ އަލީގައި
ޒަމާނީގޮތަށް އިސްލާމްދީން ކުރިއެރުވުމަށް ރަގަޅު ނަމޫނާއެއް" ސާރާ އޮމަރު
ބުންޏެވެ.