ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބު ތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ - މެޓް އޮފީސް


ކުރިއަށް އޮތް ސައްވީސް ގަޑިއިރުތެރޭގައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވެއްޖެއެވެ.

މިހާރުވެސް ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެތެރެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި ރާއްޖޭގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.
އުތުރުގެ ސަރަޙައްދުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައެވެ.

އަދި އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. ވޭތުވެދިޔަ ސައުވީސް ގަޑީއިރުގެ މޫސުމަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިގެން ރިކޯރޑް ކުރެވިފައިވަނީ އައްޑޫ ސިޓީ ގަމެވެ. އެއީ ހަތްދިހަ ތިނެއް ޕޮއިންޓް ހަތަރެއް މިލިމީޓަރުގެ ވާރެއެވެ.

ރާއްޖެއަށް ކުރަމުން މިގެންދާ މޫސުމީ ވިއްސާރާގައި، ރޭވަނީ ގއ.ވިލިނގިއްޔަށް ބޯކޮށް ވާރެވެހި ބައެއް ގެތަކަށް ގެއްލުން ވެފައެވެ. ގެތަކަށް ފެން ވަނުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ވަނީ ރޭ ކުރިއަށް ގެންގޮސްފައެވެ.