ޚަބަރު

ރީލޯޑްކޮށްދިނުމަށް ބުނެގެން ހުށަހަޅާ މައްސަލަތައް އިތުރުވަނީ


ތަފާތު
ނަންބަރު ތަކުން ގުޅައިގެން ބޮޑެތި އަދަދުތަކުން ރީލޯޑާއި، ރާސްޓަސް ކުރަން
ބުނެގެން ހުށަހަޅާ މައްސަލަތައް މިހާރަކަށްއައިސް އަނެއްކާވެސް ވަރަށް ބޮޑަށް
ފާހަގަކުރެވެން ފަށައިފިކަމަށް ފުލުހުން ބުނެފިއެވެ.



ސުޕުރިންޓެންޑެންޓް
އާސިމް އަބްދުﷲ ވިދާޅުވީ،  ކާކުކަން ނޭނގޭ
ފަރާތްތަކުން ގުޅައިގެން ބުނާ ބުނުންތަކަށް އާންމުން ހޭލުންތެރިވާން ޖެހޭކަމަށެވެ.  އާސިމް ވިދާޅުވީ މިކަމަށް ހައްލު ހޯދަން
މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއި މަޝްވަރާކުރަމުންދާކަމަށާއި، އެގޮތުން  މިފަދަ މައްސަލަތާކާއި ގުޅިގެން ފުލުހުންނަށް
ހުށަހެޅެ ނަންބަރުތަކުގެ ޚިދުމަތް ކަނޑާލުމަށް ވިސްނަމުންދާކަން ޓެލެކޮމިނިކޭޝަން
އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.



މިމަހުގެ
މިހާތަނަށް މިފަދަ ތިރީހަކަށް މައްސަލަ އަތޮޅުތަކާއި މާލެއިން
ހުށައަޅާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.



މިކަންކުރާ
ފަރާތްތަކުން އެކިއެކި މީހުންނަށް ގުޅައި އަގުބޮޑު ބޮޑެތި އިނާމުތަކާއި
ފްލެޓްތަކާއި މިނޫސްވެސް ތަފާތު ތަކެތި ރިލޯޑްކޮށްގެން ލަކީ ޑްރޯގެ ގޮތުގައި
މީހުންނަށް ލިބިފައި ހުންނަކަމަށްބުނެ އެތަކެތި ބަލައިދިއުމުގެކުރިން ވަކިވަރަކަށް
ރިލޯޑްކުރަން ނުވަތަ ރާޓަސް އަޅަން މީހުންގެ ކައިރީ ބުނެހަދާކަމަށްވެއެވެ.