ޚަބަރު

ފީވަކުން އޮރިއެންޓަލް ފުރުޓް ފްލައި ފެނިއްޖެ


ށ.ފީވަކުގައި ހައްދާ ތަރުކާރީއާއި މޭވާ އެހެން ރަށްރަށަށް ގެންދިއުމުގައި ސަމާލުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ޢިލްތިމާސް ކޮށްފިއެވެ.އެމިނިސްޓްރީން އިއްޔެ ނެރުނު ޢިއުލާނެއްގައި އެކަމަށް އިލްތިމާސް ކޮށްފައި ވަނީ ރާއްޖެއިން މީގެ ކުރިން ފެނިފައި ނުވާ ސޫތްޕެއް ކަމަށްވާ އޮރިއެންޓަލް ފުރުޓް ފްލައި ފީވަކު ގައި އުފައްދާ އަނބާއި ޖަނބުރޯލުން ފެނުމާއި ގުޅިގެންނެވެ.އެމިނިސްޓރީން ބުނީ މިއީ ދަނޑުވެރިން އުފައްދާ މޭވާއާ ތަރުކާރީއަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މި ބާވަތުގެ ސޫފި މޭވާއަށް ކަށިޖެހުމަށްފަހު އޭގެ ބިސް މޭވާގެ އެތެރެއަށް ފޮނުވާކަމަށާއި އެބިހުން އުފެދޭ ފަނި ތައް މޭވާ ހަލާކު ކޮށްލާ ކަމަށް މިނިސްޓްރީގެ ޢިއުލާނުގައި ބުނެއެވެ.އެހެންކަމުން އެ ބާވަތުގެ ސޫފީގެ ބިސް އެކުލެވޭ މޭވާއެއް ނުވަތަ ތަރުކާރީއެއް އެހެން ރަށަކަށް ގެންދެވިއްޖެ ނަމަ އެ ތަކެތި އާލާވުމުގެ ފުރުސަތު ބޮޑުވާނެތީވެ، ފީވަކުން އަނބާއި ޖަނބުރޯލު އެހެން ރަށަކަށް ގެންދާނަމަ ސާޅީސް އަށް ޑިގްރީސްގެ ހޫނު ފެނުގައި ފަސްދޮޅަސް މިނެޓު ބެހެއްޓުމަށް މިނިސްޓްރީން އިރުޝާދު ދެއެވެ.މިއީ އިންސާނުންނަށް ނުރައްކާތެރި ބާވަތެއްގެ ސޫތްޕެއް ނޫންނަމަވެސް ގަސްގަހުގައި އަޅާ ގޮވާމުގެ ނުވަދިހަ އިންސައްތަ އާއި ސަތޭކަ އިންސައްތައާއި ދެމެދުން މިސޫފި ހަލާކުކޮށްލައެވެ.