ޚަބަރު

ފުލުހަކަށް އިންޒާރުދީ މާރާމާރީ ހިންގި ކުއްޖަކު ހައްޔަރު ކޮށްފި


ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހަކަށް އިންޒާރުދީ މާރާމާރީ ހިންގި 17 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ޑިއުޓީ އަދާކުރަމުން ދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހަކަށް އިންޒާރުދީ މަރާމާރީ ހިންގި މައްސަލައާ ގުޅިގެން މިއަދު 14:00 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުއްޖާ އަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 81 ފަހަރު ސުވާލުކޮށް 10 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 04 ފަހަރު ހައްޔަރުކޮށްފައިވާ ކުއްޖެއްކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 02 މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރުވެސް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ.މީގެ އިތުރުންވެސް އެ ކުއްޖާ އަކީ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ކުޑަކުދިން ރަހީނު ކުރުމުގެ މައްސަލައެއްގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ކުއްޖެއްކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.