ޚަބަރު

ރަހާ ރިސޯޓް އަންނަ ޖުލައި މަހު ހުޅުވަނީ

ލ. އަތޮޅުގައި ތަރައްޤީކުރާ ރަހާ ރިސޯޓް އަންނަ ޖުލައި މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ހަތަރު ތަރީގެ މި ރިސޯޓަކީ ދިވެހި ސަޤާފަތާއި، ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލުމަށް ބޭނުންވާ ފަތުރުވެރިންނަށް ކަމުދާނެ ރިސޯޓެކެވެ. ލ. އަތޮޅަކީ ދިވެހި ސަޤާފަތާއި ތާރީޙާއި ގުޅުންހުރު ޙާއްސަ ތަންތަން ހުރި އަތޮޅެއްކަމުން ރަހާ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މީގެ ފައިދާކުރޭނެކަމަށް އެ ރިސޯޓުން ބުނެއެވެ.

މި ރިސޯޓުގައި 2 ވައްތަރެއްގެ ވިލާ ހުރެއެވެ. އޭގެތެރޭގައި ހިމެނެނީ ޑުލެކްސް އޯޝަން ވިއު ވިލާއާއި، ލޭކް ވިއު ވިލާތަކެވެ.

މި ރިސޯޓް ފަރުމާކޮށްފައިވަނީ ހުރިހާ ބާވަތެއްގެ ފަތުރުވެރިންނަށްވެސް ކަމުދާނޭގޮތަށް ކަމަށް އެ ރިސޯޓުން ބުނެއެވެ. އޭގެތެރޭގައި ހަނީމޫން ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންނާއި، ފެމިލީތަކާއި، އެޑްވެންޗަރ ޓްރިޕްތަކަށް އަންނަ ފަތުރުވެރިންނަށްވެސް ރަނގަޅު މަންޒިލަކަށް ވާނެކަމަށް ރިސޯޓުން ބުނެއެވެ.

މި ރިސޯޓުގައި ސްޕާގެ ޙިދުމަތާއި، ވޯޓަރ ސްޕޯރޓްސްގެ ޙިދުމަތުގެ އިތުރުން އެހެނިހެން ޙިދުމަތްތައްވެސް ލިބެންހުންނާނެއެވެ.
ރިސޯޓުގެ ޖެނެރަލް މެނޭޖަރ ނިހާޖް މުޙައްމަދު ވިދާޅުވީ، މި ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ދިވެހި ސަޤާފަތާއި ތާރީހް ދައްކުވައިދޭނެކަމަށެވެ.