ކުޅިވަރު

ފަހު މެޗުން މޮޅުވިޔަސް ވެންބޮޅަ ޔުނައިޓެޑް މުބާރާތުން ކަޓައިފި


ހެޕީ މާކެޓު ގޯދިއްޔާ ފުޓްސަލް ކަޕް ގައި ރޭ ކުޅުނު ދެވަނަ މެޗްގައި ޔުނައިޓެޑް ފްރެންޑްސް އާއި ބައްދަލުކޮށް ވެންބޮޅަ ޔުނައިޓެޑް މޮޅުވިނަމަވެސް މުބާރާތުން ކަޓައިފިއެވެ.

ޔުނައިޓެޑް ފްރެންޑްސްއާއި ވެންބޮޅަ ޔުނައިޓެޑް ވާދަކުރި މެޗުން ވެންބޮޅަ މޮޅުވީ ފަހެއް ދޭކުންނެވެ. މި މުބާރާތުގައި ވެންބޮޅު ޔުނައިޓެޑް ފުރަތަމަ ކުޅުނު ދެ މެޗުންވަނީ ބަލިވެފައެވެ. އެހެންކަމުން ރޭގެ މޮޅުވިޔަސް އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ނުލިބުނެވެ.

ރޭގެ މެޗުގައި ވެންބޮޅު ޔުނައިޓެޑުގެ ފަސް ލަނޑުގެ ތެރެއިން 4 ލަނޑު ޖަހައިދީފައިވަނީ މިމެޗުގެ މޮޅުކުޅުންތެރިއާގެ މަޤާމު ހޯދި ޙަސަން މުފީދެވެ. ޔުނައިޓެޑް ފްރެންޑްސްގެ ދެ ލަނޑު ޖަހައިދީފައިވަނީ ޢަލީ ލުތުފީއާއި، ޙުސައިން ޝާމިންއެވެ.

މުބާރާތުގެ މެޗްތައް މިރޭގެވެސް ކުރިއަށްދޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒިލޯންއާއި އެފްސީ ޒިޔާރަފަންނަ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި ކުލަބު ސްކަވެންޖާސްއެވެ.