ކުޅިވަރު

ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބޭރުމަތި ދެވަނަ ބުރަށް


ހެޕީ މާކެޓު ގޯދިއްޔާ ފުޓްސަލްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން އެފްސީ ބޭރުމަތި މޮޅުވެއްޖެއެވެ.

މުބާރާތުގައި ރޭ އެފްސީ ސްޕރިންޓް އާއި ވާދަކޮށް ބޭރުމަތި މެޗު ކާމިޔާބުކުރީ ތިނެއް އެކަކުންނެވެ. މި މޮޅާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމުވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ރޭގެ މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިފައިވަނީ އިބްރާހީމް ސިނާހު، ޢަލީ ހާފިޒު، އަދި އިބްރާހީމް މުބީން އަޙުމަދު ރަޝީދެވެ. އެފްސީ ސްޕްރިންޓުގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙުމަދު ޙުސައިނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ އެފްސީ ބޭރުމަތީގެ އިބްރާހީމް މުބީނެވެ.